ދަމާސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން 2014 ވަނަ އަހަރުގެ އަހަރީ ޗުއްޓީއާ ދިމާކޮށް ކުރިއަށް ގެންދިޔަ ދަމާސް "ބެސްޓް ސޭލް" ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި އެވެ.

މިދިޔަ އަހަރު ނޮވެމްބަރު މަހު ފަށައިގެން މިއަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިޔަ އެ ސޭލްގެ އިނާމުތަކުގެ ތެރޭގައި ފުލް އެޗްޑީ ތްރީޑީ ޓީވީ އާއި ގޯޕްރޯ ހީރޯ ކެމެރާ އާއި އައިފޯން ސިކްސް ފަދަ އަގުހުރި އިނާމުތައް ހިމެނެ އެވެ. އަދި 75 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭގޮތަށް ކުރިއަށް ގެންދިޔަ އެ ސޭލްސްގައި 500 ރުފިޔާ އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދީފައިވެ އެވެ.

އެގޮތުން އެއްނަވަ އިނާމެއްގެ ގޮތުގައި ލިބޭ ސޮނީ ބްރާވިއާ ފުލް އެޗްޑީ ތްރީޑީ ޓީވީގެ ނަސީބުވެރިއަކަށް ހޮވިފައި ވަނީ މއ. ނޫހިޔާ މުހައްމަދު ސައީދު އެވެ. ދެވަނަ އިނާމަކަށް ހުށަހަޅާފައިވާ އައިފޯން ސިކްސް ހާސިލްކޮށްފައިވާ ނަސީބުވެރިއަކީ ހއ. މުރާދޫ ވައިލެޓްމާގެ އަހުމަދު ރިޔާޒު އެވެ. ތިންވަނަ އިނާމެއްގެ ގޮތުގައި ގޯޕްރޯ ހީރޯ ކެމެރާ ހާސިލްކުރި ނަސީބުވެރިއަކީ ގއ. މާމެންދޫ ނޯރަތްވިލާ އަސްލަމް އަބްދުލް ކަރީމް އެވެ.

ގެދޮރުގެ ޒީނަތްތެރިކުރުމަށް ބޭނުންވާ ކުލަ، ދަވާދާއި ފަރުނީޗަރާއި ބަދިގެ ޑިޒައިންކޮށް ރާވާދިނުމުގެ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ބޮޑެތި ޑިސްކައުންޓް ދަމާސްގެ "ބެސްޓް ސޭލް" އިން ވަނީ ދީފަ އެވެ.

އޭގެ އިތުރުން ދަމާސްއިން ރާއްޖެއަށް އެތެރެކޮށް މާކެޓުކުރާ، ކެފޭ ރެސްޓޯރަންޓްތަކާއި ޓޫރިޒަމް އަދި ހޮސްޕިޓަލިޓީ ދާއިރާ އަށް ބޭނުންވާ އެކިކަހަލަ އައިޓަމްތަކުން ދަމާސް ބެސްޓް ސޭލް އިން ވަނީ ބޮޑު ޑިސްކައުންޓެއް ދީފަ އެވެ.