ގާނޫނު އަސާސީގެ ދިފާއުގައި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ހުކުރު ދުވަހު ބާއްވާ މުޒާހިރާގައި ބައިވެރިނުުވުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމް މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ހުކުރު ދުވަހު ބާއްވާ އެއްވުމަށް ތާއީދު ނުކުރުމަށާއި އިލްމުވެރިންނަށާއި އިސްލާމީ ޖަމިއްޔާ ޖަމާއަތްތަކަށް ގޮވާލައްވާ ކަމަށެވެ.

— د.محمد شهيم علي سعيد (@Mohamedshaheem1)
މީގެއިތުރުން ޝަހީމު ވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން އިސްމާލީ ގިނަ ގުނަ ކަންތައްތަކެއް ކޮށްދީފައިވާ ކަމަށް ވިދާޅުވެފަ އެވެ.

— د.محمد شهيم علي سعيد (@Mohamedshaheem1)
އެ މުޒާހަރާއަކީ އެމްޑީޕީ އާއި ޖޭޕީ ގުޅިގެން ބޭއްވުމަށް ހަމަޖައްސާފައިވާމުޒާހަރާ އެކެވެ.