ހެލްތް މިނިސްޓުރީގެ ޕާމަނަންޓް ސެކްޓަރީއަކަށް ހަދީޖާ އަބްދުއްސަމަދް އަބްދުﷲ ހަމަޖައްސައިފިއެވެ.

ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ގީލާ އަލީ އަށް މިދިޔަ ޑިސެމްބަރު މަހު ފަހުކޮޅުގައި ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމުދެއްވާފައިވާއިރު ހަދީޖާ ހެލްތުގެ ޕާމަނަންޓް ސެކަޓަރީއަކަށް ހަމަޖައްސާފައިވަނީ މިއަދު ކަމަށް ސިވިލް ސާވިސް ކޮމިޝަންއިން ބުންޏެވެ.

އޭގެކުރިން ހަދީޖާ މަސައްކަތް ކުރައްވަމުން ގެންދެވީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ހެލެތް ޕްރޮމޯޝަން އެންޑް ނޮން ކޮމިއުނިކަބަލް ބަލިތައް ބަލަހައްޓާ ސެކްޝަންގެ އިސްވެރިޔަކަށެވެ.

އެކޮމިޝަންއިން މައުލޫމާތު ދޭ ގޮތުގައި ހަދީޖާ އަކީ ޕަބްލިކް ހެލްތް އިން ހެލްތް ސިސްޓަމް ޑިވެލޮޕްމަންޓުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހައްދަވާފައިވާ ކަމަށެވެ. އަދި އޭނާ 2002 ވަނަ އަހަރުން ފެށިގެން ސިއްހީ ދާއިރާގައި ހިދުމަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.