25 Feb 2015, 13:35
މާބަނޑު އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި އެ އަންހެން މީހާ މަރުވި ހާދިސާއާ ގުޅިގެން، ސައިކަލު ދުއްވަން އިން މީހާ ހައްޔަރުކޮށްފި އެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ އުމުރުން 22 އަހަރުގެ ޒުވާނެކެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި މާލޭގައި ހިނގި އެކްސިޑެންޓުގައި ސީރިއަސް ޒަހަމްތަކެއް ލިބުމުން، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދިޔަ އުމުރުން 37 އަހަރުގެ މާބަނޑު މީހާ މަރުވެފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އޭނާ މަރުވި އިރު ބަނޑަށް ދޮޅުމަހެވެ.
ފުލުހުން ބުނީ ހައްޔަރު ކުރި މީހާގެ ބަންދަށް މުއްދަތު ޖަހަން ގެންދާނީ މި އަދުގެ ވަގުތެއްގައި ކަމަށެވެ.