25 Feb 2015, 10:34
ރާއްޖޭގައި ހިންގާ ސްކޫލްތަކާއި، މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގެ ޙަރަކާތްތައް މޮނިޓަކުރުމަށް ކޮލިޓީ އެޝުއަރަންސްގެ ނަމުގައި ޑިޕާޓްމަންޓެއް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އުފައްދަވައިފި އެވެ.
ސްކޫލުތަކާއި މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގެ ހަރަކާތްތައް މޮނިޓަރު ކުރުމަށް ކޮލިޓީ އެޝުއަރެސްގެ ނަކުގައި ރައީސް ޔާމީން އުފެއްދެވި އެ ޑިޕާޓްމެންޓުން ތައުލޫމާއި ތަމްރީނުދޭ ފެންވަރު ހިފަހައްޓާތޯ ބަލައި ކަށަވަރު ކުރާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ. އަދި އެ ޑިޕާޓްމެންޓްގެ ބޭނުމަކީ ތައުލީމުދޭ މަރުކަޒުން ދޭ ހިދުމަތުގެ ފެންވަރު ހިފަހައްޓާތޯ ކަށާވަރުކުރުން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓްގެ ނަމުގައި ރައީސް ޔާމީން މިއަދު އުފެއްދެވި އެ ޑިޕާޓްމެންޓް ހިނގަމުން ދާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.