24 Feb 2015, 17:19
ރާއްޖެ އަށް ދަތުރުކުރުމުގައި ސަމާލުވުމަށް އިނގިރޭސިލާތުން އެ ގައުމުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފި އެވެ. އިނގިރޭސިވިލާތުގެ ސަރުކާރުން ނެރުނު ޓުރެވަލް އެޑްވައިޒަރީގައި ވަނީ ރާއްޖެ އަށް ދަތުރުކުރުމުގައި ސަމާލުވުމަށާއި ރައްކާތެރި ފިޔަވަޅުތައް އެޅުމަށާއި އެއްވުންތަކާއި މުޒާހަރާތަކުގައި ބައިވެރިނުވުމަށެވެ. މީގެ އިތުރުން
އާއްމުކޮށް ރާއްޖެ އަށް ދަތުރުކުރުމުގައި ނުރައްކަލެއް ނެތް ކަމަށާއި އިނގިރޭސި ފަތުރުވެރިންނަށް އާއްމުކޮށް ދިމާވާ މައްސަލައަކީ ޕާސްޕޯޓް ގެއްލުން ނުވަތަ ވަގަށް ނެގުމާއި މޫދަށް އެރިއުޅުމުގައި ދިމާވާ އެކްސިޑެންޓްތައް ކަަމަށް މި ބަޔާނުގައިވެ އެވެ.