15 Feb 2011, 11:27
ރާއްޖެ އަށް އެތެރެ ކޮށް ވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ދީފައިވާ އާރްބީ ޓޯން ކެޕްސޫލްގެ އެހެން ފޯމިއުލާ އެއް އެތެރެ ކޮށްގެން ވިއްކަމުންދާ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.
އާރްބީ ޓޯން ކެޕްސޫލަކީ ލޭގައި ހިމަ ގްލޮބިން ނުވަތަ އަޔަން މަދުވުމުން ބޭނުން ކުރާ ބޭހެކެވެ. އާންމުކޮށް އެ ބޭސް ބޭނުން ކުރަނީ ވިހައިގެން އުޅޭ އަންހެނުން ނެވެ.
ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް ޝަރީފާ އާދަމް މަނިކު އިއްޔެ ވިދާޅުވީ އާރްބީ ޓޯން ކެޕްސޫލްގެ އެހެން ފޯމިއުލޭޝަނެއް ރާއްޖޭގައި މިހާރު ވިއްކަމުން ދާ ކަމަށެވެ. އަދި އެ އެއީ އެތޯރިޓީން ހުއްދަ ދީފައިވާ ފޯމިއުލޭޝަނަކަށް ނުވާތީ ރާއްޖޭގައި އެ ބޭސް ވިއްކަމުންދާ ތަންތަނުން އެއްޗެހި ނަގަމުން އަންނަ ކަމަށް ވެސް ޝަރީފާ ވިދާޅުވި އެވެ. އަދި އެކަން އަތޮޅު ތަކަށް ވެސް މިހާރު އަންގަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ހުއްދަ ކޮށްފައިނުވާ އެ ކެޕްސޫލް މިހާތަނަށް އެއްވެސް މީހަކު ބޭނުން ކޮށްގެން އެއްވެސް މައްސަލައެއް ދިމާވެފައިވާ ކަން އެނގިފައި އެއްނުވެ އެވެ.