24 Feb 2015, 10:19
އިންޓަނެޓުގެ ޚިދުމަތް ދިނުމުގައި މަޝްހޫރު ރާއްޖެ އޮންލައިން (އާރުއޯއެލް)ގެ ތިޖޫރީ ވަގަށްނަގައިފި އެވެ.
އާރުއޯއެލްގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ ތިޖޫރީ ވަގަށްނަގާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި ތިޖޫރީގައި ހުރީ ސީދާ ކިހާ އަދަދެއްގެ ފައިސާކަމެއް ބުނަން ނޭނގޭ ކަމަށާއި ނަމަވެސް އޭގައި ހުންނާނީ އިއްޔެ މެންދުރު ފަހުގެ ސޭލްސްގެ ފައިސާ ކަމަށެވެ.
ތިޖޫރީ ވަގަށް ނަގާފައި ވަނީ އޮފީހުގެ ދޮރެއް ހަލާކުކޮށްލައިގެން ވަދެކަމަށް އާރުއޯއެލްގެ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ އާރުއޯއެލްގެ ތިޖޫރީ ވަގަށް ނެގި މައްސަލައެއް މިއަދު ހެނދުނު 6:30 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ތަހުގީގު ކުރަމުން އަންނަ މައްސަލަ އަކަށް ވާތީ ތިޖޫރީގައި ހުރީ ކިހާ އަދަދެއްގެ ފައިސާއެއް ކަމަށް މިވަގުތު ވިދާޅުވުމަށް ދަތި ކަމަށެވެ.