ހުޅުމާލޭގައި 20 އަހަރުގެ އަންހެން ކުއްޖަކާ ގަދަކަމުން ޖިންސީއަމަލު ހިންގަން އުޅުނުކަމުގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ ރޭ ގާތްގަނޑަކަށް 10:30 އެހާކަންހާއިރު 20 އަހަރުގެ އަންހެނަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގަން އުޅުނު ކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

"ރޭ ގާތްގަނޑަކަށް 10:30 ހާއިރު، 20 އަހަރުގެ އަންހެނަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގަން އުޅުނު މައްސަލައެއް ފުލުހުންނަށް ހުށަހެޅުމުން ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ އެ މައްސަލައާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް މިވަގުތު ހާމަކުރެވެން ނެތް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.