Last Updated:
1 decade 9 month ago

ކޯޓަށް ފަހު ނަޝީދު ދޫނިދުއަށް ބަދަލުކޮށްފި

    ބުލޮގު ޚުލާސާ
    ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ކުރީގެެރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ޝަރީއަތަށް ނަޝީދު ކޯޓަށް ހާޒިރުކޮށްފި އެވެ.

    ކޯޓު އަމުރެއްގެ ދަށުން ފުލުހުން އިއްޔެ ނަޝީދު ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންދިއުމަށް ފަހު، މިއަދު ހަވީރު އެވެ. ނަޝީދު ކޯޓަށް ވެދެވަޑައިގަތުމުގެ ތެރޭގައި ކޯޓުގެ ދޮރުމައްޗަށް ނަޝީދު ވަނީ ވެއްޓިވަޑައިގެންފަ އެވެ.

    ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ކޯޓަށް ހާޒިރުކުރުމުގެ މަސައްކަތް ކުރަމުން ގެންދަނިކޮށް އެ ސަރަހައްދުގައި ހަރަކާތްތެރިވި މީޑިއާގެ ފަރާތްތަކުން ނަޝީދުގެ އިންޓަވިއު ނަގަން މަސައްކަތް ކުރި ކަމަށެވެ.

    "ހައްޔަރުކޮށްގެން ކޯޓަށް ގެންދާ މީހެއްގެ ކިބައިން އިންޓަވިއު ނަގަން މީޑިއާތައް މަސައްކަތް ކުރީ، އެ ފުރުސަތު ނުދީ ފުލުހުން ނަޝީދު ކޯޓަށް ވައްދަނިކޮށް ނަޝީދު އަމިއްލަފުޅަށް ވެއްޓިވަޑައިގަތީ،" އޮފިޝަލް ވިދާޅުވި އެވެ.
    ނަޝީދުގެ ގާނޫނީ ޓީމުން ބުނީ ފުލުހުން ނަޝީދު ކޯޓަށް ވެއްދުމުގެ ތެރޭގައި އަނިޔާވެފައިވާ ކަމަށާއި ޑޮކްޓަރުންނަށް ދެއްކުމަށް އެދޭ ކަމަށެވެ.

    18:16

    ނަޝީދު އަނބުރާ ދޫނިދުއަށް ގެންގޮސްފި.
    17:42

    ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ވަނީ މިއަދު ބޭއްވި ޝަރިއަތުގެ މަޖިލީހުގައި ޓެރަރިޒަމްގެ ދައުވާއަށް އިންކާރުކުރައްވާފައި. އަދި ތޮލްހަތަށް ވަކީލަކު އައްޔަން ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ތިން ދުވަހުގެ މުހުލަތު ދީފައި.

    17:14ކޯޓުން

    ނަޝީދު ކޯޓަށް ވެއްދީ އެސްއޯ ފުލުހުންގެ އެހީތެރިކަމާ އެކު ގަދަކަމުން. ޝަރީއަތުގެ މަޖިލީހަށް ރައީސް ނަޝީދު ވަޑައިގަތީ ކޮރު ޖައްސަވަމުން. ގަމީސްކޮޅު ވަނީ ވީދިފައި.

    ރައީސް ނަޝީދު ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވީ "އަތް ބިންދައިންގެން ގޮސްފައިވާ" ކަމަށް. ޝަރީއަތް ފަށަން އުޅުމުން ނަޝީދު ވިދާޅުވީ "އަޅުގަނޑު ޑޮކްޓަރަށް ދައްކަވާފައި މަނިކުފާނު ހުކުމް އިއްވަވާ".

    މުހައްމަދު ނަޝީދު ސިފައިންގެ އެންމެ މަތީވެރިޔާގެ ގޮތުގައި ހުންނަވާ، 17 ޖެނުއަރީ 2012 ވަނަ ދުވަހު ރ.ހުޅުދުއްފާރު، ބަހާރުގެ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމަށް އެންގުމުން 17 ޖެނުއަރީ 2012 ވަނަ ދުވަހު އަބްދުﷲ މުހައްމަދު ގަދަކަމުން ހައްޔަރުކޮށް ކ. ގިރިފުއްޓަށް ގެންގޮސްފައި ވާތީ. ރާއްޖޭގައި ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ ށ.އާ ހަވާލާދީ އެ ގާނޫނުގެ 6 ވަަނަ މާއްދާގެ ށ.ގެ ދަށުން ޓެރަރިޒަމްގެ ދައުވާ. ވަކީލަކު އައްޔަން ކުރުމަށް ރައީސް ނަޝީދަށް ވަނީ ތިން ދުވަހުގެ މުއްދަތެއް ދީފައި.

    16:59ކޯޓުން

    ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރާ ޓެރެރިޒަމްގެ ދައުވާގެ ޝަރީއަތް ނިމެންދެން ނަޝީދު ބަންދުގައި ބެހެއްޓުމަށް ކޯޓުން ދެންމެ ނިންމައިފި.
    16:52މަޖިލީހުގެ އިދާރާ އިން

    މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ މައްސަލަ ރައްޔިތުންގެ މެޖިލީހުގެ އިމްތިޔާޒް ކޮމިޓީން ބަލައިގެންފި އެވެ. އެ މައްސަލަ ބަލައިގަންނަން ނިންމީ ކޮމިޓީގަ ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.
    00:00