މުޒާހަރާތައް ކަވަރު ކުރަމުންދާއިރު ނޫސްވެރިންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް ކަމާގުޅޭ ފަރާތްތަކަށް، މޯލްޑިވުސް މީޑިއާ ކައުންސިލް(އެމްއެމްސީ)އިން ގޮވާލައްވަފިއެވެ.

އެ ކައުންސިލުން މިއަދު ބުނީ މުޒާހަރާތައް ކަވަރުކުރާ ނޫސްވެރިންނަށާއި އަގުބޮޑެތި އިކްވިޕްމަންޓަށް ގެއްލުން ލިބެމުންދާކަން ފާހަގަ ކުރެވިފައިވާތީ އެފަދަ ކަންކަމުން ނޫސްވެރިން ރައްކާތެރިކޮށް މިނިވަން ނޫސްވެރިކަމެއް ކުރުމުގެ ފުރުސަތު ލިބޭނެ ފަދައިން ހިމާޔަތް ދިނުމަށް އެދޭ ކަމަށެވެ.

"މިފަދަ ހާލަތްތަކުގައި ނޫސްވެރިން ރައްކާތެރިކަމާ މިނިވަންކަމާ އެކު ހަރަކާތްތެރިވެވޭނެ އެންމެ އެކަށޭނަ ގޮތްތައް ނޫސްވެރިންނަށް އެނގޭނޭ ގޮތެއްގެމަތީން ދުރާލާ މުއާލޫމާތުދެއްވާ އެކަށީގެންވާ ހިމާޔަތް ދެއްވުމަށް ކަމާ ގުޅޭ އެންމެހާ ފަރާތްތަކުގެ ކިބައިން މިކައުންސިލްއިން އެދެން،" މީޑިއާ ކައުންސިލްގެ ބަޔާނުގައިވެއެވެ.

އެކައުންސިލް އިން ވަނީ ނޫސްވެރިން ހަބަރު ފެތުރުމުގައި ހަގީގަތް ހާމަކުރުމަށް އިސްކަންދިނުމަށާއި ނޫސްވެރިކަމުގެ އާންމު މިންގަނޑުތައް ހިފެހެއްޓުމަށް ނޫސްވެރިންނަށް އިލްތިމާސްކޮށްފަ އެވެ.