23 Feb 2015, 14:25
ބަންގްލަދޭޝްގެ ކޯރެއްގައި ދުއްވަމުން ދިޔަ ދެ ފެރީއެއްގައި އެހެން އުޅަނދަކުން ޖެހި، އެ ފެރީ ފެތުމުން 70 އަށް ވުރެ ގިނަމީހުން މަރުވެއްޖެއެވެ.
ބަންގްލަދޭޝްގެ އޮފިޝަލުންނާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް ( އޭޕީ) ބުނީ އިއްޔެ އެހާދިސާ ހިނގި ސަރަހައްދުން މީހުން ހޯދުމަށް ކުރަމުން އައި މަސައްކަތް މިއަދު ހުއްޓާލާފައިވާ ކަމަށެވެ. އެމަސައްކަތް ހުއްޓައިލީ އަޑިއަށް ދިޔަ ފެރީ ފެންމަތިކުރެވި، އައްސޭރިއަށް ގެނެވުމުންނެވެ. ނަމަވެސް އަދިވެސް ބައެއް މީހުން ނުފެނި ވާނެ ކަމަށް ބެލެވޭ ތީ ހާދިސާ ހިނގި ސަރަހައްދު އަދިވެސް ބަލަމުން ދާނެ ކަމަށް ބަންގްލަދޭޝްގެ އޮފިޝަލުން ވަނީ ބުނެފައެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ހުޅަނގު އުތުރުން 25 އަކަށް ބޭލު ދުރުގައި ޕަދުމާ ކޯރުގައި ހިނގި ހާދިސާގައި ފެތުނު ފެރީ 20 ފޫޓަށް އަޑިއަށް ދިޔައެވެ. ބަންގްލަދޭޝްގެ އެފަދަ ފެރީތަކުން ދަތުރުކުރާމީހުންގެ ލިސްޓް ނުބަލަހައްޓާތީ އެ ފެރީގައި އޭރު ތިބި މީހުންގެ ސީދާ އަދަދެއް ނޭނގެއެވެ.ނަމަވެސް އެފެރީގައި ގާތްގަނޑަކަށް 140 މީހުން ތިބި ކަމަށް ވަނީ ބެލެވިފައެވެ. ބަންގްލަދޭޝްގައި އެފަދަ ހާދިސާތައް ގިނައިން ހިނގައެވެ.