23 Feb 2015, 13:47
ސަރުކާރާއި ޕީޕީއެމްއަށް ފާޑުވިދާޅުވެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ރޭ ދައްކަވާފައިވާ ވާހަކަތަކާ ގުޅިގެން އޭނާއާ މެދު ސުލޫކީ ފިޔަވަޅުއަޅަން ޕީޕީއެމް އިން ނިންމައިފި އެވެ.
ޕީޕީއެމްގެ އިސް ތަރުޖަމާން އަދި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް މިއަދު ސަން އަށް ވިދާޅުވީ ޕީޕީއެމްގެ މަޖިލިސް މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން މަހުލޫފް އެމޭރުމުން ވާހަކަ ދެއްކެވުމުން އެކަމާ ހިތާމަކުރައްވާ ކަމަށެވެ. އެ ޕާޓީގެ އަސާސީ ގަވައިދާ ހިލާފު އަމަލެއްކޮށްފި ކޮންމެ މެމްބަރަކާ ދޭތެރޭގައި ފިޔަވަޅު އަޅާ އުސޫލުގެ މަތިން މަހުލޫފްއާ މެދުވެސް ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށެވެ.
"ޕާޓީގެ އަސާސީ ގަވައިދުގައި އޮންނަ ގޮތުން ކޮންމެ ބޭފުޅަކާ މެދު އަޅާ ފިޔަވަޅު އޮންނާނެ، އެފިޔަވަޅު އަޅާނެ އިނގޭތޯ،" އަލީ އާރިފް ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕީޕީއެމްގައި އެމަނިކުފާނުގެ ބާރެއް މިއަދު ނެތް ކަމަށް މަހުލޫފް ވިދާޅުވުން އަލީ އާރިފް ވަނީ އެ ވާހަކަ ދޮގުކުރައްވައިފަ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި މަހުލޫފުގެ ސުލޫކީ މައްސަލަ ބަލަމުން އަންނަ ކަން މިހާރު ވަނީ އޭނާ އަށް އަންގާފަ އެވެ. މަހުލޫފު އެކަމަށް ޖަވާބްދާރީވުމަށް މާދަމާ ހާޒުރުވުމަށް ޕީޕީއެމްއިން ވަނީ އަންފާގައެވެ.