ކަނޑި ގެންގުޅުމުގެ ކުށުގައި ފަސް އަހަރަށް ޖަލަށް ލާފައި ހުރި އިބްރާހިމް ނާފިޒް ނުވަތަ ޗިކާއާ އެކު އިތުރު މީހުންތަކެއް ޕެރޯލްގެ ދަށުން ދޫކޮށްލައިފި އެވެ.

ޑީޕީއާރުއެސްގެ އިސް އޮފިޝަލަކު މިރޭ ވިދާޅުވީ ޗިކާއާ އެކު އިތުރު މީހުންތަކެއް މިއަދު މެންދުރު ޕެރޯލްގެ ދަށުން ދޫކޮށްލި ކަމަށެވެ. އެހެންނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ޕެރޯލް ބޯޑުގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު މިރޭ ވިދާޅުވީ މިއަދު އެ ބޯޑުގެ ބައްދަލުވުމެއް ބޭއްވި ކަމަށާއި ނަމަވެސް ބޯޑުން ނިންމީ ކޮންކަންތައްތަކެއް ކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި މާދަމާ އެކަންތައް ބެއްލެވުމަށް ފަހު އަންގަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.