23 Feb 2015, 10:05
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެން އަންނަ މަސައްކަތުގެ ދަށުން ރާއްޖެ ގެންނަން ނިންމާފައިވާ ޑޯގް ސްކޮޑު (ފާރަގެމަ)ގެ ކުއްތާތަކުގެ ފޮޓޯ ފުލުހުން އާންމުކޮށްފި އެވެ.
ުލުހުންގެ މީޑިއާއިން ބުނީ ހޮލެންޑުގައި ތަމްރީނުކޮށްފައިވާ އެ އެކުއްތާތައް އަންނަ މަހުގެ 20 ގެ ކުރިން ރާއްޖެ ގެނެވޭނެ ކަމަށެވެ.
ފާރަގެމަ ކުއްތާތައް އަންނަ މަހު 15 ފެށިގެން ރާއްޖެ ގެނައުމުގެ މަސައްކަތް ފަށާއިރު، މިހާރު ކަންކަން ހަމަޖެހިފައިވާ ގޮތުން އަންނަ މަހުގެ 20ގެ ކުރިން ހުރިހާ ކުއްތާތައް ރާއްޖެ ގެނެވޭނެ ކަމަށް ފުލުހުން ބުންޏެވެ.
ފާރަގެމައިގެ މަސައްކަތްތަކާ ބެހޭ ގޮތުން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ ފާރަގެމަ އެކުލަވާލުމަށާއި ކުއްތާތައް ރާއްޖެ ގެންނަންވާއިރަށް ކުރަންޖެހޭ ހުރިހާ ކަމެއް ނިމިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ކުއްތާތައް ގެނައުމުގެ ކުރިން ފުލުހުންނަށް ބޭނުންވާ ތަމްރީނުތައް ދިނުމުގެ ގޮތުން މި ހަފްތާ ތެރޭގައި ކަމާބެހޭ ތަޖުރިބާހުރި ދެ ބޭފުޅުން ރާއްޖެ އައިސް ތަމްރީނުތައް ދޭނެ ކަމަށެވެ.
"ކުއްތާތައް ރާއްޖެ ގެނައުމަށްފަހު ވެސް ގިނަ ތަމްރީނުތަކެއް ރާއްޖޭގައި ހިންގަން ހަމަޖެހިފައިވޭ،" ޝިފާން ވިދާޅުވިއެވެ.
ފާރަގެމައިގާ ބޭނުންކުރާ ކުއްތާތައް ރާއްޖެ ގެންނަންވާއިރަށް ވަމުންދާ ތައްޔާރީތައް ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު އާއި ޑެޕިއުޓީ ކޮމިޝަނަރުންނާއި ފުލުހުންގެ އެގްޒެކެޓިވް ބޯޑުގެ ބައެއް މެމްބަރުންނާއި ފުލުހުންގެ ބައެއް އިސް އޮފިސަރުން ވަނީ ބައްލަވާ ލައްވާފައެވެ.
ނެދަލެންޑްގެ ފާމަކުން 16 ކުއްތާ ގަތުމަށް ފަހު މިހާރު އެ އެއްޗެހި ބޮޑުކުރުމުގެ މަސައްކަތް ފަށައިފަ އެވެ.