Last Updated:
1 decade 9 month ago

އެސްއޯ ފުލުހުންވަދެ މުޒާހަރާ ރޫޅާލައިފި

    ބުލޮގު ޚުލާސާ
    ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުޙައްމަދު ނާޒިމް ހައްޔަރުކުރުމާ ގުޅިގެން އެމްޑީޕީއާއި ޖޭޕީ ގުޅިގެން ކުރިއަށް ގެންދާ މުޒާހަރާގެތެރެއިން ދެމީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
    00:29

    މުޒާހަރާގައި ހިނގި ހަމަ ނުޖެހުުމެއްގެ ތެރޭގައި އަލިކިލޭގެފާނު މަގު ލައިޓް ކަންމަތީގަައި ހުރި ނިއުލައިޓް ފިހާރައިގެ ބިއްލޫރި ގަނޑު ތަޅައިގެން ގޮސްފި. އަދި އެ ހަމަ ނުޖެހުމުގެ ތެރޭގައި މީހެއްގެ އަތް ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ ސަން ގެ ނޫސްވެރިން ބުނޭ.
    00:18

    ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފި.
    00:18

    މުޒާހަރާގެ ބައިވެރިން ބުނަމުން ދަނީ ނަޝީދު ހައްޔަރުން ދޫކޮށްލަން ދެން މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށް.
    00:17

    އެސްއޯ ފުލުހުން ވަދެ މުޒާހަރާ ރޫޅާލައިފި. މުޒާހަރާ ރޫޅާލާފައި ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓާ ނުލާ މުޒާހަރާ ކުރާނެ ކަމަށް ބުނެ މަގުތަކުގައި ކުނާ ފަތުރަމުން ދަނިކޮށް.
    00:03

    ރޭގަނޑު 12:00ގެ ފަހުން އަޑުގަދަކުރާ ބޭނުން ނުކުރުމަށް މުޒާހަރާގައި ބޭނުންކުރާ ޕިކަޕުގައި އިންނެވި މަޖިލިސް މެންބަރު އަލީ އާޒިމްގެ އަރިހުގައި ފުލުހުން އެދިއްޖެ.
    00:00

    އެސްްއޯ ފުލުހުން މުޒާހަރާގެ ބައިވެރިންގެ ތެރެއަށްވަދެ އެމްޑީޕީގެ އިސް ބޭފުޅުންތަކަކާ ވާހަކަތަކެއް ދައްކައިފި. އެސްއޯ ފުލުހުން އެންގީ އެތަނުގައި އަޑުގަދަ ނުކުރުމަށް.
    23:47އަލިކިލެގެފާނުމަގު

    މުޒާހަރާގެ ބައިވެރިން މިހާރު މިސްރާބު ޖަހާފައި ވަނީ ރައީސް ޔާމީންގެ ގެކޮޅާ ދިމާއަށް. އަލިކިލެގެފާނު މަގުން ދެކުނަށް ރައީސް ޔާމީންގެ ގެކޮޅާ ދިމާއަށް މުޒާހަރާގެ ބައިވެރިން މިސްރާބު ޖެހުމުން ފުލުހުންނާ މުޒާހަރާގެ ބައިވެރިންނާ ދެމެދު ކޮންމެވެސްވަރެއްގެ ހަމަނުޖެހުމެއް ހިނގާފައި ވަނީ.