Last Updated: 1 decade 9 month ago
ބުލޮގު ޚުލާސާ
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފުލުހުން ދާދި ދެންމެއަކު ހައްޔަރުކޮށްފި އެވެ.
ޔާގޫތުގޭ ކައިރި ހުރި ސަންގެ ނޫސްވެރިޔާ ބުނީ ރައީސް ނަޝިދު މިވަގުތު އިންނެވީ ފުލުހުންގެ ޖިޕްގެ ތެރޭގައި ކަމަށެވެ. ރައީސް ނަޝީދު ގެންދިއުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު އެމްޑީޕީއަށް ސަޕޯޓް ކުރާ ގިނަ އަދަދެއްގެ ބަޔަކު އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ސަންއަށް އެނގިފައިވާގޮތުގައި ރައީސް ނަޝިދު ހައްޔަރުކުރި ކޯޓު އަމުރުގައި ބުނެފައިވަނީ ދައުލަތުން ކޮށްފައިވާ ޓެރަރިޒަމް ދައުވާއާއި ގުޅިގެން ކޯޓަށް ހާޒިރުނުވެ ފިލައިފާނެތީއެވެ.
ރައީސް ނަޝީދުގެ ހައްޔަރާއެކު މާލެ ތެރެ ހަލަބޮލިވުމުން، ސިފައިން ހަތިޔާރާއެކު ނުކުތް ވާހަކަ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ދޮގުކޮށްފި.
ސިފައިން އަދާކުރަމުންދަނީ ކުރިން ވެސް އަދާކުރަމުން އައި އާންމު ޑިއުޓީ
ރައީސް ނަޝީދާއި ތޮލްހަތު އިބްރާހީމް ކަލޭފާނުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް މާދަމާ 4:00 އަށް ތާވަލްކޮށްފި.
ޖުމްހޫރީ މައިދާނާ ދިމާލަށް އެއްވާން މަސައްކަތް ކުރި ބައެއް މީހުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި. ޝަހީދު ހުސައިން އާދަމް ބިލްޑިން އާއި ބަންޑާރަ ކޮށި ހިމެނޭ ސަރަަހައްދު ފުލުހުން ވަނީ ބަންދުކޮށްފައި.
ޖުމްހޫރީ މައިދާނަށް ސަރަހައްދަށް އެއްވާން އުޅުނު ބައެއް މީހުން ފަހަތަށް ޖައްސަމުން ގޮސް، ޗާންދަނީމަގު ދިރާގު ސަރަހައްދާ ދިމާލަށް ވަނީ ގެންގޮސްފައި. އެ ސަރަހައްދުގައި ދަނީ މުޒާހަރާ ކުރަމުން.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ޗުއްޓީ ނަންގަވައިފި.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަބްދުﷲ ގާޒީ ޗުއްޓީ ނަންގަވާފައި ވަނީ، އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ފަސް ބޭފުޅެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި އެ ކޯޓަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މައްސަލަ ހުށަހަޅާފައިވާތީ ކަމަށް.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަބްދުﷲ ގާޒީ ޗުއްޓީ ނަންގަވާފައި ވަނީ، އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ފަސް ބޭފުޅެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި އެ ކޯޓަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މައްސަލަ ހުށަހަޅާފައިވާތީ ކަމަށް.
ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި އެމަނިކުފާނުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނާއި މިހާރުގެ ޑިފެންސް މިނިސްޓަރު މޭޖާ މޫސާ އަލީ ޖަލީލާއި އެމްއެންޑީއެފްގެ ކުރީގެ ބްރިގޭޑިއާ ޖެނެރަލް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީ އާއި ރިޓަޔާޑު ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ވެސް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި.