ހުޅުމާލޭ މައި މަގު ކަމަށްވާ ހިތިގަސް މަގުގައި މިހާރު ހަދަމުން އަންނަ "ސެންޓްރަލް ޕާކް"ގެ މަސައްކަތް ލަސްވެގެން ދަނީ އެ ޕާކުގެ ކުރެހުމަށް އައިސްފައިވާ ކުޑަ ބަދަލަކާ ގުޅިގެން ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ބުނެފި އެވެ.

އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދު "ސަން" އަށް ވިދާޅުވީ އެ މަސައްކަތް ލަސްވެގެން ދަނީ އެ ޕާކުގެ ކުރެހުމަށް އައިސްފައިވާ ކުޑަ ބަދަލެއްގެ ސަބަބުން ކަަމަށާއި އަދި މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު ލިބުން ލަސްވުމާއި ގުޅިގެން ކަމަށެވެ.

ހުޅުމާލޭގެ ސެންޓްރަލް ޕާކްގެ މަސައްކަތް ކުރަނީ -- ސަން ފައިލް ފޮޓޯ

އޭނާ ވިދާޅުވީ އެންމެ ލަސްވެގެން ހުޅުމާލެ "ސެންޓްރަލް ޕާކް" އަންނަ މާޗު މަސް ތެރޭގައި ހުޅުވާނެ ކަމަށެވެ.

އެޗްޑީސީ އިން މީގެ ކުރިން ބުނެފައި ވަނީ އެ ޕާކް މިދިޔަ މަހުގެ ފަހުކޮޅު ހުޅުވާނެ ކަމަށެވެ. ހުޅުމާލެ މަގުގައި ހެދުމަށް ނިންމާފައިވާ ޕާކުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަވާނެ ކަމަށް ވެސް އެޗްޑީސީ އިން ބުންޏެވެ.
ހުޅުމާލޭގެ ސެންޓްރަލް ޕާކްގެ މަސައްކަތް ކުރަނީ -- ސަން ފައިލް ފޮޓޯ

އެޗްޑީސީ އިން ބުނީ ހުޅުމާލޭ މައި މަގުގައި މިހާރު ހަދަމުން އަންނަ ސެންޓްރަލް ޕާކްގެ މަސައްކަތް ނިމުމުން އިންޖީނުލީ އެއްވެސް އުޅަނދަކަށް މަގުގެ ވަކި ހިސާބަކުން ނުވަދެވޭނެ ކަމަށެވެ. އެހެންނަމަވެސް ހިނގާފައި އުޅުއްވާ ބޭފުޅުންނަށް އެމަގުގެ ބޭނުން ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިހާރު ވެސް ޕާކްގެ މަސައްކަތް ފެށުމައްޓަކާ އެޗްޑީސީން ވަނީ ހުޅުމާލޭ ބޮޑު މަގު ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ.