22 Feb 2015, 12:43
ސިވިލް ކޯޓުގެ އިސް ގާޒީ އަލީ ރަޝީދު ހުސައިން ޑްރަގް ކޯޓަށް ބަދަލުކޮށް، ޑްރަގް ކޯޓުގެ ގާޒީ ޒުބައިރު މުހައްމަދު ސިވިލް ކޯޓަށް ބަދަލުކޮށްފި އެވެ.
'ސަން' އަށް އެނގިފައިވާ ގޮތުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެ ބަދަލު ގެނެސްފައި ވަނީ އެހެން ކޯޓަކަށް ބަދަލުކޮށްދިނުމަށް އަލީ ރަޝީދު އެދިވަޑައިގަތުމުންނެވެ.
އިސް ގާޒީ އަލީ ރަޝީދު ޑްރަގް ކޯޓަށް ބަދަލުކުރުމާ އެކު މިހާރު ސިވިލް ކޯޓް ވަގުތީ ގޮތުން ހިންގަވަނީ އެ ކޯޓުގެ ގާޒީ އަބްދުﷲ އަލީ އެވެ.
އަލީ ރަޝީދާއި ޒުބައިރަކީ ވެސް ކުރީގެ ޖިނާއީ ކޯޓުގައި ވެސް މަސައްކަތް ކުރައްވާފައިވާ ދެ ބޭފުޅުންނެވެ.