އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އަންނަ މާޗް މަހުގެ 15 ވަނަ ދުވަހު ރާއްޖެ އަށް ވަޑައިގަންނަވާނެ ކަމަށް ބެލެވިއްޖެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ސްރީލަންކާ އަށް ކުރައްވާ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މޯދީ ރާއްޖެ އަށް ވަޑައިގަންނަވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. ތިން ދުވަހުގެ ދަތުރުފުޅެއްގައި މޯދީ ލަންކާ އަށް ވަޑައިގަންނަވާނީ މާޗް މަހުގެ 13 ވަނަ ދުވަހު ކަމަށް އެގައުމުގެ ސަރުކާރުން ހުކުރު ދުވަހު ވަނީ ބުނެފަ އެވެ.

މޯދީ ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު ދައުވަތު ދެއްވީ އޭނާ އިންޑިއާގެ ބޮޑުވަޒީރުކަމުގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގަ އެވެ.