21 Feb 2015, 19:25
މާލޭ ގެއެއްގެ ތެރޭގައި ގެންގުޅެމުންދިޔަ ހަތް ފޫޓްގެ ހަރުފައެއް ފުލުހުންގެ އަތުލައިގެންފިއެވެ.
ފުލުހުން މިއަދު ބުނީ މާލޭގެ ގެއެއްގެ ތެރޭގައި ހަރުފައެއް ގެންގުޅޭކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެ ހަރުފަ އަތުލައިގެންފައިވަނީ، މިދިޔަ ބުރާސްފަތި ދުވަހު ކޯޓު އަމުރެއްގެ ދަށުން މ. ލައިޓްގަރޑަން ދެ ވަނަ ބުރި ބަލައިފާސްކުރުމުގެ ތެރެއިން ކަމަށެވެ. އެހަރުފަ ފެނުނީ އެގޭ ކޮޓަރިއެއްގެ ތެރޭގައި ބިއްލޫރި ކޮށްޓަކަށް ލައިގެން ގެންގުޅެމުންދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.
އެއީ ހަތް ފޫޓު ދިގު ޕައިތަންއެއް ކަމަށްވެސް ފުލުހުން ބުންނެވެ.
އެ މައްސަލަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާއިރު ރާއްޖެ އެތެރެކޮށްގެން ގެންގުޅެމުންދާ ނުރައްކާތެރި ޖަނަވާރުތައް ހޯދުމަށް ފުލުހުން މީގެ ކުރިން ފެށި އޮޕަރޭޝަނުގައި މެންދުރާ ހަމައަށް ބަކަމޫނަކާއި ހަރުފަތަކަކާއެކު ގިނަ އަދަދެއްގެ އިތުރު ޖަނަވާރުތަކެއް ވެސް ވަނީ ހޯދާފަ އެވެ.