އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖްގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުޅޭ ފުރަތަމަ މެޗުގައި އިންޑިއާގެ ލީގު ޗެމްޕިއަން ބެންގަލޫރު އެފްސީއާ ވާދަކުރުމަށް އެޓީމު މިއަދު އިންޑިއާއަށް ފުރައިފި އެވެ.

މާޒިޔާއާއި ބެންގަލޫރު އެފްސީގެ އިތުރުން އޭއެފްސީ ކަޕް ގްރޫޕް "އީ"ގައި މިފަހަރު ހިމެނެނީ، ސިންގަޕޫރުގެ ޗެމްޕިއަން ވޮރިއަރ އެފްސީއާއި އިންޑޮނީޝިއާ ސުޕަލީގު ރަނަރަޕް ޕަރސިޕޫރާ ޖަޔަޕޫރާއެވެ.

ބެންގަލޫރު އެފްސީއާ ވާދަކުރުމަށް އިންޑިއާއަށް ފުރުމުގެ ކުރިން މިއަދު މާޒިޔާގެ ކުޅުންތެރިންނާއި އޮފިޝަލުން ފޮޓޯއަކަށް ހުއްޓިލައިގެން -- ފޭސްބުކް ފޮޓޯ: މާޒިޔާ

ރާއްޖޭގެ އެފްއޭ ކަޕްގެ ޗެމްޕިއަން މާޒިޔާ، މިފަހަރު އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގަހޯދީ، މިމަހުގެ 17ގައި މާލޭގައި ފިލިޕިންސްގެ ޗެރެސް ލަ ސާލޭއާ ދެކޮޅަށް ކުޅުނު ޕްލޭއޮފް މެޗު 1-0 އިން ކާމިޔާބުކޮށްގެންނެވެ.

މާޒިޔާގެ އިތުރުން އޭއެފްސީ ކަޕްގައި ވާދަކުރަ ރާއްޖެ ތަމްސީލުކުރާނީ ރާއްޖޭގެ ޗެމްޕިއަން ނިއުރޭޑީއަންޓް ސްޕޯޓްސް ކްލަބެވެ. ގްރޫޕް ސްޓޭޖްގައި އެޓީމު ވާދަކުރާނީ، ގްރޫޕް މިޔަންމާގެ އަޔެވާދޭ ޔުނައިޓެޑާއި ލާއޯސްގެ ލާއޯ ޓޯޔޮޓާ އެފްސީއާއި އިންޑޮނޭޝިއާގެ ޕެރްސިބް ބަންޑުން އެވެ.