ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކާ ފައިސާ ހޯދުމަށް މީގެ ކުރިންސުރެ އަމަލުކުރަމުންދިޔަ އުސޫލް މޯލްޑްވިސް އިންލެންޑް ރެވިނިއު އޮތޯރިޓީ (މީރާ) އިން ގެޒެޓްކޮށްފިއެވެ.

ދައުލަތަށް ފައިސާ ނުދައްކާ ފަރާތްތަކާއި މެދު އެޅޭ ފިޔަވަޅު ތަކުގެ ތެރޭގައި ނޯޓިސް ދިނުމާއި އެކައުންޓުތައް ހިފެހެއްޓުމާއި ފައިސާ ނުދައްކާ ފަރާތްތަކަށް ދައުލަތުގެ އިދާރާތައް މެދުވެރިކޮށް ފިޔަވަޅު އެޅުމުގެ އިތުރުން ސިވިލް ކޯޓުގައި ދައުވާ އުފުލުމާއި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަ ކުރުން ހިމެނެ އެވެ.

މީރާގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓް ކުރެވިފައިވާ "އެންފޯސްމަންޓް ޕޮލިސީ" ނުވަތަ ފައިސާ ދައްކަން ޖެހޭ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމުގެ އުސޫލަކީ މީގެ ކުރިންވެސް އަމަލު ކުރަމުން އައި އުސޫލުތައް ކަމަށެވެ.

"ފަހުން އާންމު ކުރެވުނު ޕޮލިސީގައި ތަފާތެއް ނޫޅެނެ، އެއީ ކުރިންވެސް އަމަލު ކުރަމުން އައި އުސޫލް، ނަމަވެސް މިފަހަރު މިއޮތީ އެކަށްޗަކަށް ގެޒެޓް ކުރެވިފަ،" އޮފިޝަލް ވިދާޅުވިއެވެ.