21 Feb 2015, 15:35
ރާއްޖޭގެ މީޑިއާތަކަށް ސެކިއުރިޓީ ދިނުމަށް އެދި މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުން (ބްރޯޑްކޮމް) އިން ފުލުުހުނަށް ހުށަހަޅައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ބްރޯޑްކޮމްއިން މީޑިއާތަކަށް ފުލުހުން ސެކިއުރިޓީ ދިނުމަށް އެދި ހުށަހަޅާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
ބްރޯޑްކާސްޓިންގް ކޮމިޝަންގެ ބަހެއް މިކަމާ ގުޅިގެން އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
މާލޭގައި މިހާރު ކުރިއަށް ގެންދާ ސިޔާސީ އެއްވުންތައް ބައެއް ޗެނަލްތަކުން ވަގުތުން ބްރޯޑްކާސްޓްކުރަމުންދާތީ، ބްރޯޑްކާސްޓަރުން ސަމާލުކަން ދޭންވީ ކަންކަމާ ބެހޭ ގޮތުން މައުލޫމާތު ހިއްސާކުރުމަށް ބްރޯޑްކާސްޓަރުންނާ ބްރޯޑްކާސްޓިން ކޮމިޝަނުން ދާ ދިފަހުން ވަނީ ބައްދަލުކޮށްފަ އެވެ.