10 Apr 2010, 12:08
އައިޖީއެމް ހޮސްޕިޓަލުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އާއްމުން ބައިވެރިކޮށްގެން ތަފާތު ޙަރަކާތްތަކެއް މާލޭގައި މިއަދު ފަށައިފި އެވެ.
އައިޖީއެމްއެޗްގެ 15 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން މިއަދު ފަށާފައިވާ އެ ޕްރޮގްރާމާ ބެހޭ މައުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލުގެ އެސިސްޓެންޓް ޑައިރެކްޓަރ އަތިފާ ޝާކިރު މިއަދު ވިދާޅުވީ މެންދުރުފަހު ދެ ގަޑި ސުންމިނިޓުން ފެށިގެން ހަވީރު ހަތަރު ގަޑި ސުންމިނިޓަށް އެ ހޮސްޕިޓަލުގެ މައިގޭޓް ކުރިމަތީގައި އޮންނަ ޕާކު ކުރާ ސަރަހައްދުގައި ހުޅުވާފައިވާ ސްޓޯލްތަކުން އެ ހޮސްޕިޓަލުގެ ބައެއް ހިދުމަތްތައް ހިލޭ އާމުންނަށް ފޯރުކޮށްދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ހިދުމަތްތަކުގެ ތެރޭގައި ބީ.ޕީ ބަލައިދިނުމާއި ބީ.އެމް.އައި ބަލައިދިނުމާއި ބްލަޑް ޝުގަރ ޗެކްކޮށްދިނުމުގެ އިތުރުން އޮސްޓިއޯޕްރޯސިސް ސްކްރީން ހެދުންވެސް ހިމެނޭ ކަމަށް އަތިފާ ވިދާޅުވި އެވެ.
އެ ހިދުމަތްތަށް ހޯދުމަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ސިއްހީ މައުލޫމާތު ދިނުމާއި ކުޅިވަރު ކުޅުމަށް ކުޑަކުދިންނަށްޓަކާ ހާއްސަ ސްޓޯލްތަކެއްވެސް ހަދާފައިވާނެ ކަމަށް އައިޖީއެމް އާތިފާ ވިދާޅުވި އެވެ.
އައިޖީއެމްއެޗުގެ އަހަރީ ދުވަހަކީ މިމަހުގެ 15 ވަނަ ދުވަސް ކަމުގައި ވީނަމަވެސް، މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ހޮސްޕިޓަލުން ދަނީ ތަފާތު ޕްރޮގުރާމްތައް ހިންގަމުންނެވެ.