20 Feb 2015, 17:15
ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މެދުގައި ކްލަބް ޖަމްއިއްޔާތައް ހިންގަންވާނީ ސުޕްރީމް ކޯޓުން ކަނޑައަޅާ އުސޫލުގެމަތިން ކަމުގައި ކަނޑައަޅައިފި އެވެ.
ސުޕްރީމް ކޯޓުން އިއްޔެ ނެރުނު ސާކިއުލާގައި ވަނީ އެ ކޯޓުގެ ހުއްދަ، ލިޔުމުން ލިބިގެން ނޫނީ ޝަރުއީ ދާއިރާގެ އިދާރާތަކުގެ މުވައްޒަފުންގެ މެދުގައި ކްލަބް ޖަމިއްޔާތައް ހިންގަންވާނީ ސުޕްރީމް ކޯޓުގެ ހުއްދަ ލިޔުމުން ލިބިގެން ކަމަށެވެ. އަދި އެފަދަ ހަރަކާތްތައް ހިންގަންވާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓޭޝަންގެ ބެލުމުގެ ދަށުން ކަމުގައި ވަނީ ކަނޑައަޅާފައެވެ.
އިއްޔެ ސުޕްރީމް ކޯޓުން ނެރުނު ދެވަނަ ސާކިއުލާގައި ވަނީ ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުން ދައުލަތުގެ އެކި މުއައްސަސާތަކުގެ ކޮމެޓީއަށް އައްޔަން ކުރެވޭ ހާލަތުގައި ވެސް އައްޔަން ކުރަންވާނީ ސުޕްރީމް ކޯޓުގެ ހުއްދަ ލިޔުމުން ލިބިގެން ކަމުގައި ވަނީ ކަނޑައަޅާފައެވެ. އަދި މިހާރު އެ ކޮމެޓީގައި ހިމެނިފައިވާ ފަރާތްތަކުން ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓަށް ހުށަހަޅައި ލިޔުމުން ހުއްދަ ހޯދުމަށް ވަނީ އަންގާފައެވެ.