ގދ. ފިޔޯރީ ކައިރީގައި އޮންނަ ފަޅުރަށެއް ކައިރީގައި ދާ އަޅައިގެން މަސް ހިފަން އުޅުނު ބަޔަކު މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވައިފި އެވެ.

ފިޔޯރި ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝަރީފް މިއަދު "ސަން" އަށް ވިދާޅުވީ، ފިޔޯރި ކައިރީގައި އޮންނަ "ބޮލިމަތައިދޫ" ކިޔާ ފަޅުރަށެއް ކައިރިން މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވާފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.

ޝަރީފު ވިދާޅުވީ، ލަފާ ކުރެވެނީ އެއީ ހުދަންބަރެއް ކަމަށާއި އޭގައި ބައިކިލޯ ވަރު ހުންނާނޭ ކަމަށެވެ.

"ދެން ވަރަށް ގިނަ މީހުން އެބަކިޔާ އެއީ ހަމަ މާހަރެކޭ. ބެލެވެނީ އެއީ ހުދަންބަރެއް ކަމަށް. އެއީ އިއްޔެ މިތާ ކައިރީ އޮންނަ ފަޅުރަށެއް ކައިރިން ހޮވި އެއްޗެއް،" ޝަރީފު ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ، މާވަހަރު ހޮވި ފަރާތުން އެއަށް އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ. އެހެންނަމަވެސް އެއީ މާވަހަރެއްތޯ ޓެސްޓު ކުރުމަށް މާލެ އައުމަށް އެފަރާތުން އަންނަނީ ވާހަކަދައްކަމުން ކަމަށް ޝަރީފު ވިދާޅުވި އެވެ.