މަގުމަތިން ހިނގާފައި ދިޔަ މީހެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ސަން" އަށް ވިދާޅުވީ މިރޭ 12:35 ހާއިރު ޝަހީދު އަލީ ހިނގުމުގައި ހުންނަ އަލި ރަސްގެފާނު ޒިޔާރަތް ކައިރިން މީހެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެ ހާދިސާގައި ޒަހަމްވި މީހާ ފުލުހުންގެ އެހީތެރިކަމާއި އެކު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އެކަމާއި ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރު ކޮށްފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.