19 Feb 2015, 15:59
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ދިރިއުޅުއްވާ ގ. އެނިފްގެ ބަލައި ފާސްކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ވެސް ހައިކޯޓުގައި އިސްތިއުނާފުކުރަން ނިންމައިފިއެވެ.
މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނާޒިމްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވީ އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށާއި އެހެންނަމަވެސް މައްސަލަ ބަލައިގަތްކަމެއް އަދި އަންގާފައިނުވާ ކަމަށެވެ.
"އަޅުގަނޑުމެން މި އުންމީދު ކުރަނީ އަންނަ ހަފްތާގެ ތެރޭގައި ހައިކޯޓުން ޖަވާބެއް ދެއްވާނެ ކަމަށް،" މައުމޫން ހަމީދު ވިދާޅުވިއެވެ.
މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުގެ ރޭ ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓް ފުލުހުން ބަލައިފާސްކޮށްފައި ވަނީ އެ އެޕާޓުމަންޓުގެ ތިރީގެ ދޮރު ހަލާކުކޮށްލައިގެން އެރޭ ދަންވަރު 3:30 އެހައިކަންހާއިރު އެވެ.