ގާނާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ސެމިއުއެލް ‏‏ޕެންޔިން ޔެލޭ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ‏‏ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފި އެވެ.

‏މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ‏ރަސްމިއްޔާތުގައި، ‏‏ފަތްކޮޅު އެރުއްވުމަށްފަހު، ގާނާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ‏‏ބައްދަލުކުރައްވައި، ސަފީރަށް ‏‏ތަހުނިޔާ ވިދާޅުވި އެވެ. އަދި ރާއްޖެއާއި ގާނާއާ ދެގައުމުގެ ‏‏ދެމެދުގައި ގުޅުން ބަދަހިކުރެއްވުމާ ‏‏ބެހޭގޮތުންނާއި، ދެގައުމު ގުޅިގެން މަސައްކަތް ކުރެވިދާނެ ‏‏ދާއިރާތަކާ ބެހޭގޮތުން ދެބޭފުޅުން ‏‏މަޝްވަރާ ކުރެއްވި އެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ބައިވެރިވެވަޑައިގެންނެވި އެވެ. ‏‏އަދި ގާނާގެ ސަފީރުގެ އަރިހުގައި، ‏‏ނިއުދިއްލީގައި ހުންނަ ގާނާ އެމްބަސީގެ ‏‏ބައެއް ‏‏އިސްބޭފުޅުންވެސް މިއަދުގެ އެ ބައްދަލުކުރެއްވުމުގައި ‏‏ބައިވެރިވެވަޑައިގެންނެވި އެވެ.‏