އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އެގައުމުގެ މިނިވަން ދުވަހު ތުރުކުރެއްވި ކޯޓުގެ އަގު ބީލަމުގައި 1.25 ކޮރޯޑަށް އަރައިފި އެވެ.

އިންޑިއާގެ މިނިވަން ދުވަހު، އެމެރިކާގެ ރައީސް ބަރަކް އޮބާމާއާ އެކު މިނިވަންދުވަހުގެ ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވުމަށް މޯދީ ތުރުކުރެއްވި ކޯޓުގައި ދިގަށް ވާގޮތަށް "ނަރެންދުރަ ޑަމޯޑަރުޑަސް މޯދީ" ލިޔެފައި ވެއެވެ. މޯދީގެ ކޯޓުގެ ނީލަން މިދިޔަ ބުދަ ދުވަހު ފަށާފައިވަނީ ފަސް ލައްކަ ރުޕީސްއިންނެވެ.

މޯދީގެ ކޯޓުގެ އަގަށް 1.25 ކޮރޯޑު ކިޔާފައި ވަނީ އިންޑިއާގެ އެލްއެންޑް ޓީ ކޯޕަރޭޝަނުންނެވެ. އެ ކޯޕަރޭޝަންގެ ކޯޕަރޭޓް އެފެއާސް އަދި ފައިނޭންޝަލް ސާވިސްގެ ނައިބް ރައީސް މަހެޝްވާރީ ވިދާޅުވީ، އެ ކޯޕަރޭޝަނުން 250 މީހުންގެ ގުރޫޕަކުން ކޮންމެ މީހެއްގެ އަތުން 50،000 ރުޕީސް ނެގުމަށްފަހު ބިޑަށް އަގު ހުށަހެޅީ ކަމަށެވެ. އަދި އެންމެން އެއްވެގެން ކުރި ހަރަދަކީ ރަގަޅު ހަރަދަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަހަރެމެންގެ ތެރޭގައި މިތިބީ ގިނައިން ޒުވާނުން، އަދި މީހުންނާ ނީންނަ މީހުން، އިންޑިއާގައި ކޮންމެ މީހެއްގެ ކައިވެންޏަށްވެސް އެބަ ހަރަދުކުރޭ 10 ކޮރޯޑު، އެހެންވީމަ، އަހަރެމެންގެ ކައިވެނީގައި އިންޑިއާގެ ބޮޑުވަޒީރު ތުރުކުރެއްވި ކޯޓު ލާން ލިބުމަކީ ކިހާ ބޮޑު ޝަރަފެއް،" މަހެޝްވާރީ އެންޑީޓީވީއަށް ވިދާޅުވެފައިވެ އެވެ.

މިދިޔަ ބުދަ ދުވަހު ފެށި ނީލަން ކުރިއަށް ދާނީ މާދަމާގެ ނިޔަލަށެވެ.