ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ސުހެއިލް އަހުމަދު އިސްތިއުފާ ދެއްވައިފި އެވެ.

ސުހެއިލް "ސަން"އަށް މިއަދު ވިދާޅުވީ މަގާމުން އިސްތިއުފާދެއްވީ އަމިއްލަ ސަބަބުތަކާ ހެދި ކަމަށެވެ.

"މި ވަގުތު އަޅުގަނޑު ބޭނުންވަނީ އަމިއްލަ ކަމެއްގަ އުޅެން" ސުހެއިލް ވިދާޅުވި އެވެ. އިސްތިއުފާ ދެއްވުމުގައި އެއްވެސް ބައެއްގެ ޕްރެޝަރެއް އަދި ނުފޫޒެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެޗްޑީސީގެ އެންމެ އިސްބޭފުޅެއްގެ ގޮތުން އެޗްޑިސީ ތަރައްގީ ކުރުމުގަ އާއި ވިޔަފާރި ފުޅާކުރުމުގައި ފާއުތުވި ދިހަ އަހަރު ސުހެއިލް ވަނީ ވަރަށް އިސްދައުރެއް އަދާކޮށްފަ އެވެ.