18 Feb 2015, 14:58
ފިނޭންސް މިނިސްޓްރީ ހިންގެވުން، ވަގުތީ ގޮތުން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އާ ރައީސުލް ޖުމްހޫރިއްޔާ މިއަދު ހަވާލުކުރައްވައިފި އެވެ.
ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު އަލީ ވިދާޅުވީ، ފިނޭންސް މިނިސްޓްރީ ހިންގެވުން އަދީބާ ރައީސް ހަވާލުކުރެއްވީ އަމިއްލަފުޅު ދަތުރުފުޅެއްގައި މިނިސްޓަރު އަބްދުﷲ ޖިހާދު ރާއްޖެ އިން ބޭރަށް ވަޑައިގަތުމާ ގުޅިގެން ކަމަށެވެ.
ނަމަވެސް މިނިސްޓަރު އެނބުރި ރާއްޖެ ވަޑައިގެންނަވާނެ ވަކި ދުވަހެއް އެނގިފައެއް ނުވެ އެވެ.
މީގެ ކުރިން ރައީސް ޔާމީން ވަނީ، ޑިފެންސް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ ވެސް ވަގުތީ ގޮތުން ހިންގެވުން މިނިސްޓަރު އަދީބު އާއި ހަވާލުކުރައްވާފައެވެ.