14 Feb 2011, 13:52
3:15 - ބޮމެއް އޮތް ކަމަށް ޝައްކުކުރެވުނު ސްރީ ލަންކަން އެއާލައިންގެ ފްލައިޓް ފުރައިފި ކަމަށް އެމްއެންޑީއެފުން ދެންމެ ބުނެފި އެވެ. އެމްއެންޑީއެފްގެ މީޑިއާ އޮފިސާ މޭޖާ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އެ ބޯޓު ލަންޑަނަށް ދާން ފުރީ 2:30 ގައި ކަމަށެވެ.
އަދި ބޯޓުގައި ބޮމެއް އޮތް ކަމަށް ބުނި ފަސިންޖަރަކީ ބިދޭސީ ފިރިހެނެއް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އޭނާ މިހާރު ވަނީ ތަހުގީގަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
--
އެމްއެންޑީއެފްގެ އޮފިޝަލަކު ދެންމެ ވިދާޅުވީ ބޯޓުގައި އިން ފަސިންޖަރެއްގެ ފަރާތުން އެފަދަ މަޢުލޫމާތެއް ލިބުމާއި ގުޅިގެން އަވަހަށް ބޯޓުން މީހުން ބޭލުމަށް ފަހު ބޯތު ކުލިއަކޮށް ފައިވާ ކަމަށެވެ. ނަމަވެސް އެފަދަ އެއްވެސް ކަމެއް ފާހަގަ ކުރެވިފައި ނުވާތީ ބޯޓު ފުރުމުގެ ހުއްދަ މިހާރު ދީފައިވާ ކަމަށެވެ. އަދި ފްލައިޓުގައި ބޮމެއް އޮތް ކަމަށް ބުނި ފަސިންޖަރު މިހާރު އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައިވާ ކަމަށް ވެސް އެމްއެންޑީއެފްގެ އޮފިޝަލު ވިދާޅުވި އެވެ.
ނަމަވެސް އެއީ ކޮން ގައުމެއްގެ ކާކު ކަމެއް އޮފިޝަލު ވިދާޅެއް ނުވެ އެވެ.
ސްރީލަންކަންގެ ބޯޓަކީ މާލެ އިން ލަންކާ މަގުން ލަންޑަނަށް ދަތުރު ކުރުމަށް ތައްޔާރުވެފައި އޮތް ބޯޓެކެވެ.
އެމްއެންޑީއެފުން ދެންމެ ބުނީ ބޯޓް ބަލައި ޗެކުކުރި އިރު ބޯޓުގައި އެއްވެސް ނުރައްކަލެެއް ނެތުމާ އެކު ބޯޓު ވަނީ ފުރުމުގެ ހުއްދަ ދީފަ އެވެ.
------
ބޮމްބް ތުރެޓަކާ އެކު މާލޭ އެއާޕޯޓުގައި އޮތް ސްރީލަންކަންގެ މަތިންދާ ބޯޓަކުން މީހުން ބާލައިފި އެވެ.
އެއާޕޯޓްގެ އޮފިޝަލަކު ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ވިދާޅުވީ އޮޕަރޭޝަން ކޮންޓްރޯލުން "ސްޓޭންޑްބައި" މެސެޖެއް ލިބުނު ކަަމަށެވެ. އަދި އެ މެސެޖާ ގުޅިގެން ބޯޓުން މީހުން ބޭލި ކަމަށާއި ނަމަވެސް މިހާރު ސިޓްއޭޝަން ނޯމަލަށް އައިސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސްޓޭންޑްބައި މެސެޖުގައި ބުނީ "ބޮމްބް ތުރެޓް ކޯލް" ކަމަށެވެ. އަދި އެ މެސެޖު ލިބުނީ 13:26 ގައި ކަމަށެވެ.
ނަމަވެސް ސިވިލްއޭވިއޭޝަނުން ބުނީ އެ ފަރާތަށް އެކަން އެނގިފައި ނުވާ ކަމަށެވެ.