ފާއިތުވި އަހަރުގެ އެމްޓީސީސީގެ ފަހު ކުއާޓާގެ މާލީ ހިސާބުތައްދައްކާ ގޮތުން އެ ކުންފުންޏަށް ޓެކްސް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 13.97 މިލިއަން ރުފިޔާ އެވެ. މިއީ ފާއިތުވި އަހަރުގެ ތިންވަނަ ކުއާޓާއާއި އަޅާބަލާއިރު 9.28 މިލިއަން ރުފިޔާގެ މަދު އަދަދެކެވެ.

މީގެ ކުރިން އެ ކުންފުނިން އާއްމުކޮށްފައިވާ ހިސާބުތަކުން އެ ކުންފުންޏަށް ފާއިތުވި އަހަރުގެ ފައިދާގެ ގޮތުގައި 17.07 މިލިއަން ރުފިޔާ ލިބިފައިވީނަމަވެސް މިއަދަދަކީ ޓެކްސް އަށް ނުކަނޑާ ލިބުނު ފައިދާއެވެ.

2014 ވަނަ އަހަރުގެ ފަހު ތިން މަސް ދުވަހު އެމްޓީސީސީ އަށް އާމްދަނީގެ ގޮތުގައި 225.35 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. މީ ފާއިތުވި އަހަރުގެ ތިންވަނަ ކުއާޓާއާ އަޅާބަލާއިރު 38 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އެމްޓީސީސީގެ ކުއާޓާލީ ރިޕޯޓްގައިވާ ގޮތުން އެ ކުންފުނިން ފަހު ކުއާޓާގައި އެއްމެ ބޮޑު އިސްކަމެއް ދީފައި ވަނީ ސުނާމީގެ ކާރިސާގައި ގެއްލުން ލިބުނު ގެތަކުގެ ބަދަލުގައި ސަރުކާރުން އަޅަމުންދާ ގެތައް ނިންމުމުގެ މަސައްކަތް ކުރުމަށެވެ.