17 Feb 2015, 13:40
މާލޭ އެރޭޓަޑް ވޯޓާ ކޮމްޕެނީއާއި އުރީދޫ ގުޅިގެން ކުރިއަށް ގެންދަން ރާވާފައިވާ "ކޮކާ-ކޯލާ ސްކްރެޗް އެންޑް ވިން" ޕްރޮމޯޝަން އިއްޔެ ފަށައިފި އެވެ.
"ކޮކާ-ކޯލާ ސްކްރެޗް އެންޑް ވިން" ޕްރޮމޯޝަންގައި ދެ ލީޓަރުގެ ކޮކާ-ކޯލާ ފުޅިއެއް ބައްލަވައިގަންނަ ކަސްޓަމަރުންނަށް ލިބޭ ހާއްސަ ވައުޗަރަކާއެކު އުރީދޫއިން ހިލޭ ޑާޓާ އެލަވެންސް ނޫނީ، އެރޭޓަޑް ވޯޓާ ކޮމްޕެނީން އުފައްދާ ކޮކާ-ކޯލާގެ ޕްރޮޑަކްޓުތައް ލިބުމުގެ ފުރުސަތު ލިބިގެން ދެއެވެ.
އެ ޕްރޮމޯޝަނާ ގުޅޭ ގޮތުން މާލެ އެރޭޓަޑް ވޮޓާ ކޮމްޕެނީގެ ޖެނެރަލް މެނޭޖަރު މިލިންދު ދެރަސަރީ ވިދާޅުވީ، އެފަދަ ޕްރޮމޯޝަނެއް އުރީދޫއާ ގުޅިގެން ކުރިއަށް ގެންދެވުމަކީ ވަރަށް ހާއްސަ ކަމެއް ކަމަށާއި، އެފަދަ ޕްރޮމޯޝަންތައް ކުރިއަށް އޮތްތާނގައިވެސް ރާއްޖޭގައި ކުރިއަށް ގެންދަން އެ ކުންފުނިން މަސައްކަތް ކުރާނެ ކަމަށެވެ.
އުރީދޫގެ ކޮމާޝަލް ޑައިރެކްޓަރު އެސްޕީ ސަރަތީ ވެސް ވަނީ އެ ޕްރޮމޯޝަނަކީ ވަރަށް ހާއްސަ ޕްރޮމޯޝަނެއް ކަން ފާހަގަކުރައްވައި، 2013 ވަނަ އަހަރު އެ ދެ ކުންފުނި ގުޅިގެން ހިންގި ޕްރޮމޯޝަން ފަދައިން މި ޕްރޮމޯޝަންވެސް ކާމިޔާބު ޕްރޮމޯޝަނަކަށް ވާނެ ކަމުގެ އުންމީދު ފާޅުކުރައްވައިފައެވެ.
"ކޮކާ-ކޯލާ ސްކްރެޗް އެންޑް ވިން" ޕްރޮމޯޝަނަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ހުޅުވާލައިން އެ ދެ ކުންފުނިން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. އަދި ކޯކުގެ އިތުރުން ސްޕްރައިޓާއި ފެންޓާ އޮރެންޖް އަދި ފެންޓާ ސްޓްރޯބެރީ ފުޅި ބައްލަވައިގަންނަ ފަރާތްތަކަށްވެސް އެ ޕްރޮމޯޝަންގައި ބައިވެރި ވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
"ކޮކާ-ކޯލާ ސްކްރެޗް އެންޑް ވިން" ޕްރޮމޯޝަންގައި ހިލޭ ޑާޓާ އެލަވެންސް ނޫނީ ކޮކާ-ކޯލާގެ ޕްރޮޑަކްޓެއް ގުރުއަތުން ހޯދުމަށް ވައުޗަރުގައިވާ ޕިން ނަންބަރު 9762626 އަށް އެސްއެމްއެސް ކުރުމުން، އިނާމެއް ލިބޭކަން އިނގިގެން ދާނެއެވެ.
އެ ޕްރޮމޯޝަން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 15 ވަނަ ދުވާހާ ހަމައަށް، ނުވަތަ ސްޓޮކް ހުސްވަންދެނެވެ.