16 Feb 2015, 19:12
ދެހާސް ބާރަ ވަނަ އަހަރު ހޮންގޮންގްގައި ފެރީއެއް ބަންޑުން ޖަހާލާއި 39 މީހުން މަރުވި ހާދިސާއާ ގުޅިގެން ފެރީގެ ކެޕްޓަން އަށް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.
ޗައިނާގެ ދެކުނުން ކޯސްޓަލް ކައިރީގައި ހިނގި އެ އެކްސިޑެންޓަކީ ވޭތުވެ ދިޔަ 10 އަހަރުގެ ތެރޭގައި ހޮންކޮންގްގައި ހިނގި ކަނޑުގެ އެންމެ ގެއްލުން ބޮޑު ހާދިސާ އެވެ.
ހޮންކޮންގްގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ ތަރުޖަމާނާ ހަވާލާދީ ހަލީޖު ޓައިމްސް އިން މިއަދު ބުނީ އެ ފެރީގެ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރި ކަމުގެ ޒިންމާ ރަނގަޅަށް އަދާނުކުރުމުގެ ޒިންމާ ކެޕްޓަން ލައި ސައި މިންގެ ބޮލުގައި ފަނޑިޔާރު އަޅުވާފައިވާ ކަމަށާއި އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.
އެ އެކްސިޑެންޓްގައި އެ ފެރީގައި ޖެހުނު އަނެއް ބޯޓުގެ ކެޕްޓަން، ޗައުޗީ ވައިގެ މައްޗަށް ނުވަ މަހުގެ ޖަލުހުކުމެއް އިއްވާފައިވާ ކަމަށް ވެސް ތަރުޖަމާނާ ހަވާލާދީ ހަލީޖު ޓައިމްސް އިން ބުންޏެވެ. އޭނާގެ މައްޗަށް މީހުން މެރި ކަމުގެ ކުށް ސާބިތެއް ނުވެ އެވެ. ނަމަވެސް އޭނާގެ އަމަލުން އެހެން މީހުންގެ ފުރާނަ އަށް ގެއްލުންވި ކަމަށެވެ. އެ ހާދިސާގައި މަރުވި އަށް ކުޑަކުދިންނާ އެކު އަދި ޒަހަމުވި 100 ވަރަކަށް މީހުންނަށް އެހީތެރިވެ ދިނީ ޗައުޗި ވައިގެ ބޯޓުންނެވެ. އެ ހާދިސާގައި އެއް ބޯޓުން ކުށްވެރި ކުރީ އަނެއް ބޯޓުގެ ކެޕްޓަނެވެ.
އެ އެކްސިޑެންޓް ހިނގީ ހޮންކޮންގުން ފުރައިގެން ލަމަން އައިލެންޑަށް ފެރީ ދަތުރުކުރަނިކޮށެވެ.