ސްރީ ލަންކާގެ ވައިގެ ސިފައިންގެ ޓީމެއް ދެކުނު ސޫދާނަށް ފޮނުވުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފި އެވެ.

ކޮލަމްބޯ ގެޒެޓުން ބުނީ، ދެކުނު ސޫދާނުގައި އދ. އިން ކުރިއަށް ގެންދާ ހަރަކާތްތަކުގައި ބައިވެރިވުމަށް، ލަންކާގެ އެއާފޯސްގެ އޭވިއޭޝަން ޔުނިޓެއް ސޫދާނަށް ފޮނުވުމަށް ލަންކާގެ ޑިފެންސް މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

ސްރީ ލަންކާގެ ވައިގެ ސިފައިންގެ ޓީމެއް މީގެ ކުރީން ވެސް ވަނީ އދ.ގެ ލަޝްކަރުގައި ހިމަނައިފަ އެވެ.

ގެޒުން ބުނީ، ދެކުނު ސޫދާނަށް ފޮނުވާ ވައިގެ ސިފައިންގެ ޓީމުގައި 18 އޮފިސަރުންނާއި 86 އެއާމަނުން ހިމެނޭ ކަމަށެވެ. އަދި އެ ޓީމުގެ ޕާސިންއައުޓް ޕެރޭޑް، ކަޓުނަޔެކެ އެއާފޯސް ބޭސްގައި ބާއްވާފައިވާއިރު، އެ ޓީމު ސޫދާނަށް ފުރުމަށް ހަމަޖެހިފައި ވަނީ، މާޗު މަހުގެ ފުރަތަމަ ހަފްތާގައި ކަމަށެވެ.