16 Feb 2015, 16:41
ކުޑަކަމުދާއެއްޗިހި ދިނުމަށް އިންކާރު ކުރި މީހަކު އެއް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ހއ. މުރައިދޫ ފިނިފެންމާގޭ ތޯހާ ރަފީއުގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ ފުލުހުންގެ އެންގުމަށް އޭނާ ކުޑަކަމުދާ އެއްޗިހި ދީފައިނުވާކަން ޝަރީއަތަށް ސާބިތުވުމުންނެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ 1:55 އެހައިކަންހާއިރު މަސްވާތަކެތީގެ މައްސަލައެއްގައި މާލޭ ކަސްޓޯޑިއަލަށް އޭނާ ހާޒިރުކޮށް ކުޑަކަމުދާއެއްޗިހިދޭން އެންގުމުން އެކަމަށް އިންކާރުކޮށްފައިވާކަން ހެކީންގެ ހެކިބަހުން ސާބިތުވާ ކަމަށެވެ.
އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 123 ވަނަ މާއްދާގެ (ށ)ގެ ދަށުންނެވެ.