ވައްކަމުގެ ދެ މައްސަލައެއް ޝަރީއަތަށް ސާބިތުވި މީހަކު 13 އަހަރާއި ހަތަރު މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި އެވެ.

ބ. އޭދަފުށީ އުފާ، ނާޝިކް އަހްމަދު ރަޝީދު، 36، އެރަށު ކޮކާވިލާ ގެއިން ވައްކަންކުރިކަން ސާބިތުވުމުން ހުކުމް ކޮށްފައި ވަނީ ހަތް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށެވެ. އަދި އެރަށު ފިހާރައެއް ފަޅާލައި ވައްކަންކުރިކަން ސާބިތުވުމުން އޭނާ ހަ އަހަރާއި ހަތް މަސް ދުވަހުގެ މުއްދަތަށް ޖަށްލުމަށް ވަނީ ހުކުމް ކޮށްފައެވެ.

މިއީ އޭނާގެ މައްޗަށް ވައްކަމުގެ ކުށެއް ސާބިތުވި ތިން ވަނަ ފަހަރު ކަމަށާއި އަދި މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށް މީގެކުރިން އޭނާގެ މައްޗަށް ސާބިތުވެފައިވާ ކަމަށް ވެސް އޭދަފުށީ ކޯޓުން ބުންޏެވެ.