މަސްތުގެ ހާލަތުގައި ތިބި 14 މީހަކު ލ. މާވަށް ކައިރީގައި އޮންނަ ފަޅުރަށަކުން ފުލުހުން ހައްޔަރު ކޮށްފި އެވެ.

ފުލުހުން މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ، އެ މީހުން ހައްޔަރު ކުރީ ފުލުހުންގެ އިންޓަލިޖެންސަށް، ރަލާއި މަސްތުވާތަކެތި ބަޔަކު މީހުން ބޭނުން ކުރަމުންދާ ކަމަށް ލިބުނު މައުލޫމަތަކާއި ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ލ. މާވަށް ކައިރީ އޮންނަ ފަޅު ރަށެއް ކަމަށްވާ "މާވެށި" ން ކަމަށެވެ.

އޮފިޝަލް ވިދާޅުވީ، 14 މީހުން ހައްޔަރު ކުރިއިރު އޭގެތެރޭގައި 18 އަހަރު ނުފުރޭ ކުޑަ ކުއްޖެއް ވެސް ހިމެނޭ ކަމަށެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުން ނެވެ.