15 Feb 2015, 21:08
އިންޑިއާގެ އުތުރުގައި އޮންނަ އުއްތަރަ ޕްރަދޭޝްގައި ހަދަމުންދިޔަ ތިން ބުރީގެ އިމާރާތެއް ވެއްޓި އާއިލާއެއްގެ 13 މީހުން މަރުވެއްޖެ އެވެ.
އިންޑިއާގެ ފުލުހުންނާ ހަވާލާދީ ބީބީސީގައި ބުނެފައި ވަނީ، އިމާރާތް ވެއްޓުމުގެ ހާދިސާގައި މަރުވެފައި ވަނީ އެ އިމާރާތުގެ އެންމެ ތިރީގައި ނިދާފައި ތިބި އާއިލާއެއް ކަމަށެވެ. ނަމަވެސް އެތަނުން ތިން މީހަކަށް އެއްވެސް އަނިޔާއެއް ނުލިބި ސަލާމަތްވެފައިވާ ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.
"12 މީހުން މަރުވީ މަރުވެފައިވަނީ އިމާރާތުގެ ދަށުގައި ވަޅުލެވިގެން. އަނެއް މީހާ މަރުވީ ހޮސްޕިޓަލުގައި. މަރުވި މީހުންގެ ތެރޭގައި އިމާރާތުގެ ވެރިފަރާތާއި އޭނާގެ އަށް އަހަރުން ދަށުގެ ދެ ކުދިން ވެސް ހިމެނޭ،" އިންޑިއާ ފުލުހުންގެ ސުޕްރިޑެންޓް ޗާންދައުލި މުނިރާޖް ވިދާޅުވެފައިވެ އެވެ.
މުނިރާޖް ވިދާޅުވީ، ވެއްޓުނު އިމާރާތް ކޮށްފަ އިވަނީ އަވަސް އަރުވާލައިގެން ކަމަށެވެ. އަދި އެ އިމާރާތުގެ ކޮންޓްރެކްޓަރު ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި އެކަމުގެ ތަހުގީގު ފަށާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އިމާރާތް ކުރުމުގައި އަޅަންޖެހޭ ސަލާމަތީ ކަންކަމަށް ފަރުވާ ކުޑަވުމުގެ ސަބަބުން އިންޑިއާގައި އިމާރާތް ވެއްޓުމުގެ ހާދިސާތައް ހިނގާލެއް ގިނައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހު ޗެންނާއީގައި ހުންނަ 11 ބުރީގެ އިމާރާތެއް ވެއްޓި 61 މީހުން ވަނީ މަރުވެފަ އެވެ.