15 Feb 2015, 10:25
ކަނޑައެޅިފައިވާ ތާރީޚަށް ބެޑް ޓެކްސް ޝީޓް ހުށަނޭޅި ކުންފުންޏެއް 35،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފި އެވެ.
ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމްގައި ވަނީ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން، އިންޓަލިންކް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބެޑް ޓެކްސް ޝީޓް ހުށަހަޅަންޖެހޭ ތާރީޚަށް ހުށަނޭޅުމުން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާ ކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އެހެންކަމުން ޖޫރިމަނާގެ ގޮތުގައި އެކުންފުނިން ދައްކަންޖެހޭ 35،000 ރުފިޔާ އަކީ އެކުންފުނީގެ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ކަމުގައި ކަނޑައަޅައި 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ނިންމުމަށް ވަނީ ހުކުމް ކޮށްފަ އެވެ.
އެ ހުކުމް ކޮށްފައި ވަނީ އިންޓަލިންކް ޕްރައިވެޓް ލިމިޓެޑުގެ ޣައިރު ހާޒިރުގައެވެ.