14 Feb 2015, 22:58
މެލޭޝިޔާގެ މަޝްހޫރު ޕޮލިޓިކަލް ކާޓޫނިސްޓްގެ ކާޓޫނު ފޮތްތައް މެލޭޝިޔާގެ ފުލުހުން މިއަދު ހިފަހައްޓައިފި އެވެ. އޭނާގެ ފޮތްތައް މި ހިފެހެއްޓީ މީހުންގެ އަބުރާ ބެހުމުގެ ކުށުގައި އޭނާ ހައްޔަރު ކުރިތާ ފަސް ދުވަސް ފަހުންނެވެ.
ޒުލްކިފީ އަންވަރު އުލްހައްގު، އާންމު ގޮތުން ނަމަ، ޒުންނާރު އޭއެފްޕީ އަށް ބުނީ އޭނާގެ އެންމެ ފަހުގެ ފޮތް، "ރޮސް އިން ކޭންގް ކޮންގް ލޭންޑް"ގެ 200 ވަރަކަށް ކޮޕީ ހިފައްހައްޓާފައިވާ ކަމަށެވެ.
އެ ފޮތުގައި 140 އަށް ވުރެ ގިނަ ކާޓޫނުގައި ފާޑުކިޔާފައި ވަނީ ބޮޑުވަޒީރު ނަޖީބު ރައްޒާގާއި އޭނާގެ އަނބިކަނބަލުން ރޮސްމާހް އާ ބެހޭ ގޮތުންނާއި އެއްޖިއްސުން ގުޅުން ހިންގި ކަމަށް ބުނެ، ޖަލަށް ލާފައިވާ އިދިކޮޅު ލީޑަރު އަންވަރު އިބްރާހީމްގެ ޝަރީއަތާ ބެހޭ ގޮތުންނެވެ.
ޒުންނާރުގެ ފޮތްތަކުގެ ތެރެއިން 1000 އަށްވުރެ ގިނަ ކޮޕީތައް ފުލުހުން ވަނީ 2009 ވަނަ އަހަރުން ފެށިގެން ހިފަހައްޓާފައިވާ ކަމަށް އޭނާ އޭއެފްޕީ އަށް ބުންޏެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ސަރުކާރާ ދޭތެރޭ ނަފުރަތު އުފެއްދުމަށް ކެމްޕޭން ކުރުމުގެ ތުހުމަތެވެ.
"ކާޓޫނިސްޓެއްގެ ހައިސިއްޔަތުން ރައްޔިތުން ދެކޭ ގޮތް ކުރެހުމުން ދެއްކުމަކީ އަހަރެންގެ ވަޒިފާ. އަހަރެންގެ ކާޓޫނުތަކުން ފެންނާނީ މީހުންގެ އިހްސާސްތައް. އެއީ އަހަރެންގެ ޖޮބް އަހަރެންގެ މައްޗަށް އެއްވެސް މީހެއްގެ ނުފޫޒެއް ނެތް،" ޒުންނާރު އޭއެފްޕީ އަށް ބުންޏެވެ.
މިއަދު ނެރުނު އޭނާގެ ކާޓޫނު ފޮތް، "ރޮސް އިން ކެންގް ކޮންގް ލޭންޑް"ގެ މިހާރު ލިބެން ހުރީ 20 ކޮޕީ އެވެ.
އަންވަރު ޖަލަށް ލުމުމުން ޒުންނާރު ކުރި ޓުވީޓެއްގައި ބުނީ "ކަޅު ކޯޓުލައިގެން ތިބޭ އަޅުން (ފަނޑިޔާރުން) ތިބީ އެމީހުން ކުރި ހުކުމާ މެދު ފަހުރުވެރިވެފައި" ކަމަށެވެ.