އިސްލާމިކް ސްޓޭޓް ( އައިއެސް) އިން އިރާޤުގެ ރަށެއްހިފައިފިއެވެ.

އެމެރިކާގެ އިޕޯޝްޓައިމްސް ނޫހުން ބުނީ އައިއެސް އިން އިއްޔެ ހިފީ އިރާޤުގެ އަލް ބަޣުދާދީ ނަމަކަށް ކިޔާ ރަށެއް ކަމަށެވެ. އަދި ބުނީ އެރަށަކީ އެމެރިކާގެ 300 ވަރަކަށް ސިފައިން ގާއިމްވެ ތިބި އައިން އަލް އަސަދު އެއާބޭސްއާ ދާދި ކައިރީގައިވާ ރަށެއް ކަމަށެވެ.

އައިން އަލް އަސަދު އެއާ ބޭހުގައި ތިބި އެމެރިކާ ސިފައިންނާއި އިރާގު ސަރުކާރުގެ އޮފިޝަލުންނާ ދެމެދު މުއާސަލާތީ ޚިދުމަތް ކެނޑިފައިވާ ކަމަށް އަޑު ފެތުރިފައިވާ ކަމަށް ވެސް ނޫހުން ބުންޏެވެ.

ނަމަވެސް އެމެރިކާގެ އޮފިޝަލުން ބުނެފައި ވަނީ ބަޣުދާދީ ގައި ހަނގުރާމަ ހިނގި ނަމަވެސް އެހަނގުރާމަ އައިން އަލް އަސަދު ބޭހަށް އަދި ނުފެތުރޭ ކަމަށެވެ. ނަމަވެސް އެތަނުގައި ތިބޭ އިރު ލޮލަށް ފެންނަ ހިސާބުގައި ހަމަލާތައް ބަދަލުކޮށްފައިވާ ކަމަށް އެމެރިކާގެ ދިފާއީ އިދާރާ ޕެންޓަގަންގެ ފަރާތުން ވާހަކަ ދެއްކި ، ކަނޑުގެ ސިފައިންގެ ކޮމާންޑަރެއް ކަމަށްވާ އެލީސާ ސުމިތު ބުނިކަމަށް ނޫހުގައި ވެއެވެ.

އިރާޤުގެ އަންބާރު ޕްރޮވިންސްގެ ވެރިރަށް ރަމާދީގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 50 މޭލު ދުރުގައިވާ އަލް ބަޣުދާދީ ސިޓީ ހިސާރުކޮށްގެން އައިއެސް އިން ތިބޭތާ މިހާރު ގާތްގަނޑަކަށް އެއް މަސް ދުވަސް ވެއްޖެއެވެ.