13 Feb 2015, 10:32
ރާއްޖޭގެ އުތުރާއި ދެކުނުގެ ދެ ސަރަހައްދުގައި ގާއިމްކުރާ ހައިކޯޓުގެ ދެ ގޮތްޕަށް ނިސްބަތްވާ ސަރަހައްދުތައް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ނެރުނު ސާކިއުލާގައިވާ ގޮތުން އުތުރު ސަރަހައްދުގައި ގާއިމްކުރާ ހައިކޯޓުގެ ގޮތްޕަށް ނިސްބަތްވާ ސަރަހައްދަކީ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ނ. އަތޮޅާއި ރ. އަދި ބ. އަތޮޅެވެ.
މާލޭގައި ގާއިމްކޮށްފައިވާ ހައިކޯޓަށް ނިސްބަތްވާ ސަރަހައްދަކީ ވިލިމާލެއާއި ހުޅުމާލެ އާއި ޅ. އަތޮޅާއި ކ. އަތޮޅާއި އއ. އަތޮޅާއި އދ. އަތޮޅާއި ވ. އަތޮޅާއި މ. އަތޮޅާއި ފ. އަތޮޅާއި ދ. އަތޮޅާއި ތ. އަތޮޅު އަދި ލ. އަތޮޅު ކަމަށް ވެސް އެ ސާކިއުލާގައި ވެއެވެ.
ދެކުނުގައި ގާއިމްކުރާ ހައިކޯޓުގެ ގޮތްޕަށް ނިސްބަތްވާ ސަރަހައްދަކީ ގއ. އަތޮޅާއި ގދ. އަތޮޅާއި ޏ. އަތޮޅާއި އައްޑޫ ސިޓީ ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
ކޯޓުތަކާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުގައިވާގޮތުން ކޯޓުތަކުން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރަންޖެހޭނީ އެރަށެއް ހިމެނޭ ސަރަހައްދެއްގައި ހުރި ހައިކޯޓުގެ ގޮފީގައެވެ.