އެސްޓީއޯއިން ޑީސަލް ވިއްކާ އަގު ބޮޑު ކުރުމާ ގުޅިގެން ކުއްޑޫން އައިސް ޕްލާންޓުން ވިއްކާ އައިސް، ޓަނަކުން 50ރ. އަގު ބޮޑު ކޮށްފި އެވެ.

ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް އިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ޑީސަލް ގަންނަން ލިބޭ އަގު ބޮޑުވުމާއި ގުޅިގެން އެ ކުންފުނީގެ ދަށުން ހިންގާ ކުއްޑޫ އާއި ތިނަދޫ އައިސް ޕްލާންޓުން އައިސް ޓަނެއް މިއަދުން ފެށިގެން ވިއްކާނީ 650ރ. އަށް ކަމަށެވެ.

ކޫއްޑޫ ފިޝަރީޒުން ބުނީ މަސްވެރިން ބާނަ މަހަށް ބޮޑު އަގެއް ހޯދައި ދިނުމުގެ މަސައްކަތުގައި އަބަދު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަދި މަހަށް ބޮޑު އަގެއް ހޯދައި ދެވެނީ މަސްވެރިން މަސް ތާޒާކަން މަތީ ފޯރުކޮށް ދިނުމުން ކަމަށެވެ. އަދި މަހުގެ ކޮލިޓި މިންގަޑަކީ ދުނިޔޭގެ ހުރިހާ ގައުމު ތަކެއްގައި ވެސް މަސް ގަންނަ ކުންފުނި ތަކުން އެންމެ ބޮޑަށް ސަމާލުކަންދޭ އެއްކަމަށް ވާތީ ރާއްޖެއިން ބޭރު ކުރާ މަސް މިހާރަށް ވުރެ ވެސް ދުނިޔޭގެ ބާޒާރުތަކުގައި އިތުބާރު ކުރެވޭ މަހަކަށް ހެދުމަށްޓަކައި މަސްވެރިންނާ ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.