ސިވިލް ކޯޓުގެ އަމުރަކަށް ގާނޫނީ ވަކީލު ޝަހީމް އަހްމަދު ފުލުހުން ހައްޔަރުކޮށްފިއެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ފުލުހުން ޝަހީމް އަހްމަދު ހައްޔަރުކޮށްފައި ވަނީ ސިވިލް ކޯޓުގެ އަމުރެއްގެ ދަށުން މިއަދު ހަވީރުގެ ވަގުތެއްގައެވެ.

ޝަހީމް އަހްމަދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ސިވިލް ކޯޓުން އަމުރު ނެރެފައި ވަނީ އެ ކޯޓަށް އޭނާ ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވުމުންނެވެ. އެ ކަމުގެ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.
މިކަމާ ބެހޭ ގޮތުން ފުލުހުން ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ.