މީގެ ކުރިން ޖުމްހޫރީ ޕާޓީ އަށާއި އެމްޑީޕީ އަށް ނިސްބަތްވާ ފަސް ކައުންސިލަރެއް މިއަދު ޕީޕީއެމް އަށް ސޮއިކޮށްފި އެވެ.

މުލީއާގޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކައުންސިލަރުން ސޮއިކޮށްފައިވާ ފޯމްތަކާ ހަވާލުވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެވެ.

ޕީޕީއެމް އަށް މިއަދު ސޮއިކުރައްވާފައި ވަނީ ޖޭޕީ އަށް ނިސްބަތްވާ ބ. ކަމަދޫ ކައުންސިލް މެންބަރަކާއި ހަމަ އެ ޕާޓީ އަށް ނިސްބަތްވާ މ. މަޑުއްވަރީ ކައުންސިލް މެންބަރަކާއި މީގެ ކުރިން އެމްޑީޕީއަށް ނިސްބަތްވާ ތ. ތިމަރަފުށީ ކައުންސިލްގެ ދެ މެންބަރަކާއި ސ. ފޭދޫ ކައުންސިލްގެ އެމްޑީޕީ އަށް ނިސްބަތްވާ މެންބަރެކެވެ.

މިއަދުގެ ރަސްމިއްޔާތުގައި މީގެ ކުރިން އެމްޑީޕީގެ ބައެއް ކަންކަމުގައި ހަރަދު ކުރި "ފައިސާވެރިން" ވެސް ވަނީ ޕީޕީއެމް އަށް ސޮއިކޮށް އެ ފޯމް ރައީސް އަށް ހަވާލުކޮށްފަ އެވެ.

އޭގެ އިތުރުން ބައެއް ރަށްރަށުގެ ކައުންސިލްތަކުން ވަނީ އެ ފަރާތްތަކުން ގެނެސްފައިވާ މެންބާޝިޕް ފޯމުތައް ވެސް ރައީސާ ހަވާލުކޮށްފަ އެވެ.