11 Feb 2015, 15:21
ނ. ވެލިދޫ ކައުންސިލުގެ ރައީސާ އަދި އެކައުންސިލްގައި ހިމެނިވަޑައިގަންނަވާ ހަމައެކަނި އެމްޑީޕީ މެންބަރު އަސްމާ ހުސައިންގެ އިތުބާރުނެތް ކަމުގެ ވޯޓެއް ނަގައި އޭނާ މަގާމުން ދުރުކޮށްފިއެވެ.
އަސްމާ ކައުންސިލްގެ ރައީސާ ކަމުގެ މަގާމުން ވަކިކޮށްފައިވަނީ، ފަސް ކައުންސިލަރުންގެ ތެރެއިން ތިން ކައުންސިލަރުންގެ ވޯޓާ އެކު އެވެ.
ވެލިދޫ ކައުންސިލުގެ ނައިބު ރައީސް ޢަލީ އަހްމީން މިއަދު 'ސަން' އަށް ވިދާޅުވީ އަސްމާގެ އިތުބާރު ނެތްކަމަށް ނިންމީ، އޭނާއަށް "އިތުބާރު ނުކުރެވޭތީ" ކަމަށެވެ. އަދި ކައުންސިލުގެ ބޮޑެތި ނިންމުންތަށް ނިންމުމުގައި މެންބަރުންގެ ހިޔާލަކާ ނުލައި އޭނާ ނިންމުންތައް ނިންމާކަމަށް މުހައްމަދު ވިދާޅުވި އެވެ.
އަސްމާ ވެލިދޫ ކައުންސިލުގެ ރައީސާކަމުން ވަކިކުރުމާ ގުޅިގެން ވެލިދޫގެ އެމްޑީޕީ ސަޕޯޓަރުން ދަނީ އެރަށުގައި މުޒާހަރާ ކުރަމުންނެވެ.
"އަޅުގަނޑު ކައުންސިލުގެ މަގާމަކުން އިސްތިއުފާއެއް ނުދޭނަން، އަޅުގަނޑު ހުންނާނީ އަބަދުވެސް އެމްޑީޕީގައި" އެމްޑީޕީ މުޒާހަރާގައި އަސްމާ ވިދާޅުވިއެވެ.
ވެލިދޫ ކައުންސިލުގެ ރައީސާ އަސްމާގެ އިތުބާރުނެތް ކަމުގެ ވޯޓު ނެގުމަށް މިއަދު ހެނދުނު އެޖެންޑާ ކުރުމާ ގުޅިގެން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޓުވިޓާ މެދުވެރިކޮށް ވިދާޅުވީ އިތުބާރުގެ ވޯޓުގައި އަސްމާ ކެތްތެރިވެލެއްވުމަށް އެދޭކަމަށެވެ.
Hama ekani hunnevi anhen Council Raeesa, Asma Hussain, Velidhoo Council Raees, miadhu kurimathi lavvaa ithubaru ge votegai kehtheri velahvaa
— Mohamed Nasheed (@MohamedNasheed)February 11, 2015